އިމިގްރޭޝަނުން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، މާލޭގައި ހުރި 4 ކެފޭއެއް ބަލައި ފާސްކުރުމަށްފަހު، ޞައްޙަ ވިސާ ނެތި މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ޓާސްކް ފޯސްއިން ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަސައްކަތް ފުޅާކުރުމެވެ. މީގެ އިތުރުން، ބިދޭސީންގެ މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ ތިން އަހަރުގެ މުއްދަތެއް ކަނޑައަޅާފައެވެ.