ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އެޅި ކައުންސިލް އިމާރާތަކަށް މަޑުއްވަރީ ކައުންސިލް އިމާރާތް

ކައުންސިލްތައް އިމާރާތްކުރާާ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އެޅި ކައުންސިލް އިމާރާތަކަށް މަޑުއްވަރީ ކައުންސިލް އިމާރާތް

Author
ހުސައިން
22 ޖެނުއަރީ 2025 06:42
0

މަޑުއްވަރީ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. އެގޮތުން ކައުންސިލްތަކަށް އިމާރާތްކުރާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބިންގާ އެޅުމުގެ ޝަރަފު ލިބުނީ ރ. މަޑުއްވަރީ ކައުންސިލަށެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް ބައިވެރިވެވަޑައިގަތެވެ. މިނިސްޓަރ މިއަދު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި މި އިމާރާތަކީ ދެ ބުރީގެ އިމާރާތެކެވެ.

މި އިމާރާތަކީ ހާލަތު ދަށްކޮށް ހުރި 55 ކައުންސިލް އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާ އެކު މިދިޔަ ހޯމަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިނިސްޓަރ އާދަމް ޝަރީފް އުމަރު ކުރިން ފާހަގަކުރެއްވި ގޮތުގައި ޖުމްލަ 87 ކައުންސިލް އިމާރާތް އަލުން އަޅަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.