އުރީދޫގެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި މިއަދުގެ ނަސީބުވެރިޔަކަށް އިމްރާން ޔޫސުފް

އުރީދޫގެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި މިއަދުގެ ނަސީބުވެރިޔަކަށް އިމްރާން ޔޫސުފް

އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޚާއްސަ ޕްރޮމޯޝަންގެ މިއަދުގެ ނަސީބުވެރިޔަކަށް ކ. މާލެ، އިމްރާން ޔޫސުފް ހޮވިއްޖެއެވެ. މިއަދުގެ އިނާމުގެ ގޮތުގައި ޔޫސުފަށް އުރީދޫއިން ވަނީ އެއާބްލޭޑު 125 ގެ ރަތާއި ކަޅު ކުލައިގެ ސައިކަލެއް ހަވާލުކޮށްފައެވެ.

ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 30 ސައިކަލު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 26 އެއާބްލޭޑާއި ތިން ޕީސީއެކްސް އަދި އެންމެ އަގުހުރި އިނާމެއްގެ ގޮތުގައި ހޮންޑާ ރެބެލް ސައިކަލެއް ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުންނަށް އެކި ގޮތްތައް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން 250 ރުފިޔާގެ ޕްރިޕެއިޑް ރީޗާޖު ކުރުމުން، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލް ދެއްކުމުން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި އުރީދޫގެ އާ ކަސްޓަމަރުންނަށް 400 ރުފިޔާގެ ޚިދުމަތެއް ހޯދުމުން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ހަލުވި ސްޕީޑާއި ދަށް ލެޓެންސީއަކާއެކު، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *