ޔޫރަޕުގެ މޮޅުކުޅުންތެރިޔާ މަގާމު ލެވޮންޑެސްކީ އަށް

ޔޫރަޕުގެ މޮޅުކުޅުންތެރިޔާ މަގާމު ލެވޮންޑެސްކީ އަށް

Author
ހުސައިން
02 އޮކްޓޯބަރ 2020 09:52
0

ޔޫއެފާއިން ހޮވާ މިދިޔައަހަރު އެންމެ މޮޅު ކުޅުންތެރިޔާ މަގާމް ޖަރުމަނު ބަޔާންމިއުނިކްގެ ރޮބާޓޯ ލެވެންޑްސްކީއަށް ލިބިއްޖެއެވެ.

މިއެވޯޑާ ލެވެންޑެސްކީއާ އެންމެ ގާތުން ދެންވާދުކުރީ ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އާއި އިނިގރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގެ ކެވިން ދި ބުރެއިނާއެވެ. އުމުރުން 32 އަހަރު ލެވޮންޑެސްކީ ވަނީ ބަޔާން މިއުނިކަށް ކުޅުނު 47 މެޗުގައި 55 ލަނޑު ކާމިޔާބުކޮއްދީފައެވެ.

އޭނާގެ ގޯލްތަކުގައި އެހީގައި ހުސްވި ސީޒަނުގައި ބަޔާންމިއުނިކުން ވަނީ ޗެމްޕިއަންސްލީގާއި، ޖަރުމަނު ލީގާއި، ޖަރުމަނު ކަޕް ކާމިޔާބުކޮއްދީފައެވެ. އެތިން މުބާރާތުގެ އިތުރުން ލެވޮންޑެސްކީގެ އެހީގަވަނީ ޔޫރަޕައިން ސުޕާ ކަޕާ ޖަރުމަނު ސުޕަކަޕުވެސް މިހާރު ކާމިޔާބުކޮއްފައެވެ. ލެވޮންޑެސްކީ ވަނީ ހުސްވި ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅުނު 10 މެޗުގެތެރެއިން 15 ލަނޑު ބަޔާންމިއުނިކަށް ކާމިޔާބުކޮއްދީފައެވެ.

ލެވަންޑޯސްކީ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދީ 477 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ޑިބްރޭނާ އަށް ލިބުނީ 90 ޕޮއިންޓެވެ. ނޯޔާ ތިން ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު އެވެ. ނޯޔާގެ ފަހަތުން އޮތް މެސީ އާއި ޕީއެސްޖީގެ ނޭމާއާ އެއް ލިބުނީ 53 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ބަޔާންގެ ތޯމަސް މުލާ އަށް 41 ޕޮއިންޓް ލިބުނުއިރު، ހަތް ވަނައިގައި އޮތް ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ލިބުނީ 39 ޕޮއިންޓެވެ. އަށް ވަނައިގައި އޮތީ ބަޔާނުން ދާދި ފަހުން ލިވަޕޫލަށް ބަދަލުވި ތިއާގޯ އަލްކަންޓާރާ އެވެ.

އޭނާ އަށް 27 ޕޮއިންޓް ލިބުނުއިރު، ނުވަ ވަނައިގައި އޮތް ބަޔާނުގެ ޔޯސުއާ ކިމިކަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ދިހަ ވަނައިގައި އޮތް ޔުވެންޓަސްގެ ރޮނާލްޑޯ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. މިދިޔައަހަރު އެންމެ މޮޅު ފޯވާޑްގެ މަގާމްވެސް ލިބުނީ ލެވޮންޑެސްކީއެށެވެ . މިދިޔައަހަރު އެންމެ މޮޅުއަންހެން ކުޅުންތެރިޔަކަށް ހޮވުނީ މިދިޔައަހަރު ވުލްފްބާގަށް ކުޅުނު މިހާރު ޗެލްސީގެ ކުޅުންތެރިޔާ ޕާނިލް ހާޑާއަށެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫރަޕުގެ 80 ކުލަބެއްގެ ކޯޗުންގެ ވޯޓާއި 55 ނޫސްވެރިންގެ ވޯޓުނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.