އެއްވެސް ފަރާތަކުން އެހީތެރިކަމެއް ފޯރުކޮށްދީފާނެކަމަށް ވިސްނައިގެން ތިބެއްޖެނަމަ އަނދަވަޅަކަށް ވެއްޓިދާނެ: ގާސިމް

އެއްވެސް ފަރާތަކުން އެހީތެރިކަމެއް ފޯރުކޮށްދީފާނެކަމަށް ވިސްނައިގެން ތިބެއްޖެނަމަ އަނދަވަޅަކަށް ވެއްޓިދާނެ: ގާސިމް

Author
ޙަސަން މުޙައްމަދު
21 އޮގަސްޓް 2024 11:18
0

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރީ ނާޒުކު ފައްތަރެއްގައި ކަމަށާއި، އެއްވެސް ފަރާތަކުން ރާއްޖެއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީފާނެކަމަށް ވިސްނައިގެން ތިބެއްޖެނަމަ ރާއްޖެ އަދަވަޅަކަށް ވެއްޓިދާނެކަމަށް، ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ދަރަނި މިހާރު 130 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތްކަމުގައެވެ.

130 އަކަށް ބިލިއަން ރުފިޔާއާހަމައަށް ދައުލަތުގެ ސީދާ ދަރަނި، އެކިއުމިލޭޓެޑް ޑެފިސިޓް 126 ބިލިއަން ރުފިޔާއާއި ހަމައަށް އަރައިގެންދާއިރު، މިއީ އަޅުގަޑުމެން ވިސްނާލަން ނުޖެހޭ ކަމެއް ނޫން. މީގެ ސަލާމަތް ވުމަށްޓަކާ އަޅުގަޑުމެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން އަޅުގަޑުމެންނަށް ސަލާމަތް ވެވޭނީ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ސަރުކާރުންވެސް ދޮޅު އަހަރެއްހާ ދުވަހަށް ޚަރަދު ކުޑަކޮށްގެން، ކަމަރު ބާރުކޮށްގެން ބަނޑު ހިންދާލައިގެން ނުތިބެއްޖެނަމަ ކިޔަވާކުދިންނަށް ފޮނުވަންޖެހޭ ފައިސާކޮޅުވެސް ނުފޮނުވޭނެކަމަށާއި އަދި ގަންނަންޖެހޭ އިންޖެކްޝަންވެސް ނުގަނެވޭނެ ކަމުގައެވެ.

ގާސިމް ވިދާޅުވީ މިހާލަތުން އަރައިގަތުމަށްޓަކާ، ސަރުކާރަށް އެއްބާރުލުން ދިގެން އެކަތިގަޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމުގައެވެ. އަދި ގާސިމް ވިދާޅުވީ މިހާލަތުގައި އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދިފާނެ ކަމަށް ވިސްނައިގެން ނުވާނެކަމަށާއި، ސަލާމަތް ހޯދޭނީ ޚަރަދު ކުޑަކޮށް، އިގްތިސާދީ ފިޔަވަޅުތައް އަޅައިގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.