ލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކަށް ހާނީއްކަވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ތެޔޮއަޅަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ސިފައިންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 16:30ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުންވަނީ މިއަދު ހަވިރު 5:30 ހާއިރު މިއަލިފާން ނިއްވާލާފައެވެ.

މި ހާދިސާގައި 2މީހަކު ފިހިފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ. ފިހިފައި ވަނީ ދިވެހި ފިރިހެނަކާއި ބިދޭސީއެކެވެ. މިދެމީހުންނަށް ވެސް މިވަގުތު އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ