ފާޅުކަން ބޮޑުކޮށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގައި އަނދުން އަޅުވަން ނޫޅުއްވާ!

ފާޅުކަން ބޮޑުކޮށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގައި އަނދުން އަޅުވަން ނޫޅުއްވާ!

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 01:53
0

ރައީސް ޔާމީން ދިވެހި ޒުވާނުންނަށާއި، ރާއްޖޭގެ ތަރައްޤީއަށް ގެނެސްދެއްވާފައިވާ ތަރައްޤީގައި އަދުން އަޅުވައި ރައްޔިތުން މޮޔަ ހައްދަން ނޫޅުއްވުމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ތަރައްޤީ ކުރައްވާފައިވަ ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލް އާއްމުންނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލުމަށް ނިންމަވުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މި ތަރައްޤީއަކީ ދިވެހި ޒުވާނުންގެ ޖީލަށްޓަކައި ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީކަމަށެވެ. މިއަދު މިތަންތަން ހުޅުވައި ބޭނުން ކުރަމުންދާއިރު މިއީ މިސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހު ކުރެއްވި މަސައްކަތްތަކެއްކަމަށް ދެއްކެވުމަށް މަސައްކަތް ކުރެއްވިޔަސް އެކަން ނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިކަމުގެ ކްރެޑިޓްވެސް ހަމަ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ދެއްވަނީ ރައީސް ޞާލިހުއަށްތޯ؟ މިހުންނަނީ އަނދުން އެޅުވޭވަރަށްވުރެ ފާޅުކަންބޮޑުކޮށް ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ޒުވާން ޖީލަށް ކޮށްދެއްވާފައިހުރި ކަންކަން.

– ޝިޔާމް ވިދާޅުވިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކުރެވިފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތް މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކްއެއްގެ އިތުރުން ޖިމްއެއް ގާއިމް ކޮށްފައިވެ އެވެ. އަދި އެއަށް ފަހު ސްވިމިންގް ޕޫލް ބަލަހައްޓަން ސްވިމިންގް އެސޯސިއޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ. ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.