މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ބޮޑު އަޢުލަބިއްޔަތަކުން ފާސްކޮށްފި

މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ބޮޑު އަޢުލަބިއްޔަތަކުން ފާސްކޮށްފި

Author
ޙަސަން މުޙައްމަދު
30 ޖުލައި 2024 01:36
0

ދިވެހިރާއްޖޭގެ ގަވަރުނަރުކަމަށް އަހުމަދު މުނައްވަރު އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މުނައްވަރަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އިއްޔެ ވަނީ މުނައްވަރާ އިންޓަވިއު ކުރުމަށްފަހު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.

މުނައްވަރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި ވަނީ މި ސަރުކާރުގައި އައްޔަންކޮށްފައެވެ. މުނައްވަރަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމުންނެވެ.

ހާޝިމް މަގާމުން ވަކި ކުރީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.