ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ ފަޅުވެރިން ގޮތްހުސްވެއްޖެ

ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ ފަޅުވެރިން ގޮތްހުސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 08:17
0

ކާގޯ ފެރީއާއިއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ ފަޅުވެރިން ގޮތްހުސްވެ ބިކަވެފައިވާ ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިިދާޅުވެ ދެއްކެވި ވާހަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިފަދަ ކަމެއް ފަށާއިރު ރާއްޖޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމަކަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން މާބޮޑުކަމަށެވެ.

ކާގޯ ފެރީއާއިއެކު ތަކެތީގެ އަގު ހެޔޮވާނެކަމަށް ސަރުކާރުން ވިދާޅުވާއިރު، ރާއްޖޭގެ އެތަކެއް އާއިލާތަކެއް ކައިގެން ބޮއިގެން ކުރަމުންދިޔަ މަސައްކަތް ހުއްޓި މިކަމުގެ ސަބަބުން ގޮތް ހުސްވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއަދު މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް، އަޅާލާނެ ބަޔަކު ނެތްއިރު، އެއާއިލާތަކަށް ވަމުންދާ ގޮތާއިމެދު ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކާގޯ ފެރީގެ ސަބަބުން ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކަށް ލިބޭ ދަތުރުތައް މަދުވެ، އެ އުޅަދުތަކުގެ ބޭނުން ކުޑަވެ، އޮޑިވެރިން އިތުރަށް ބިކަވެއްޖެ! މާލިމީންނާއި، ފަޅުވެރިން މަގުމަތިވެއްޖެ! ހުސް އިޤްތިޞާދަށްކުރާ ނޭދެވޭ އަސަރު! ކާކު ޒިންމާވަނީ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ކާގޯ ފެރީގެ ޚިދުމަތާއި ގުޅޭގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް އުތުރާއި ދެކުނުުގެ އަތޮޅުތަކުގައި ހުޅުވުނު މައި ދޮރެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރާއްޖޭގައި ގައުމީ ޝިޕިން ލައިނެއް އަލުން އުފައްދާ ރަސްމީގޮތުން އެ ހިދުމަތް ދޭން ފެށުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.