އަބިޝޭކް އާއި އައިޝްވަރްޔާގެ ވަރީގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

އަބިޝޭކް އާއި އައިޝްވަރްޔާގެ ވަރީގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

Author
ފާތިމަތު ނާވީ
21 ޖުލައި 2024 12:21
0

ދޭތެރެ ދޭތެރިން ވަރީގެ އަޑު ގަދަވާ ދެމަފިރިން ކަމުގައިވާ އަބިޝޭކް ބަޗަން އާއި އައިޝްވަރްޔާ ރާއީގެ ވަރީގެ އަޑު އަނެއްކައިވެސް ގަދަވެއްޖެއެވެ.

މިއަޑު ގަދަވެފައިވަނީ ވަރިއާ ގުޅޭ އިންސްޓަގްރާމް ޕޯސްޓަކަށް އަބިޝޭކް  ލައިކް ދިނުމުން،ނެވެ. މި ޕޯސްޓަށް އިންސްޓްރާމްގައި ޝެއާކޮށްފައި ވަނީ މީގެ ދެދުވަހެއް ކުރިންނެވެ.

އެ ޕޯސްޓުގެ ހެޑްލައިންގައި ވަނީ "ވެން ލަވް ސްޓޮޕްސް ބީންގް އީޒީ" އެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ނޫސްވެރިޔާ ލިޔެފައި ވަނީ ވަރިއަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

މިފަދަ ޕޯސްޓެއް އަބިޝޭކް ކޮށްފައި މިވަނީ މި ފަހުން ބޭއްވި މަހުޖަނު މުކޭޝް އަންބާނީގެ ހަގު ދަރިފުޅު އަނަންތު އަންބާނީ އާއި ރާދިކާގެ ބިގް ފެޓް ވެޑިންގ ގައި އެދެމަފިރިން އެކުގައި ފެނިގެން ނުދިއުމުން ސުވާލު އުފެދުނު ދަނޑިވަޅެއްގައިއެވެ.

އާދައިގެ މަތިން އައިޝްވްރަޔާ އެ ހަފްލާ އަށް ގޮސްފައިވަނީ ދަރިފުޅު އާރާދިއާ އާއި އެކުގައިއެވެ. ނޫވެރިންނަށް އެމީހުން ވަނީ ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިއެވެ. އެދެމައިންނާއި އެކުގައި އަބިޝޭކް ނުފެނެއެވެ.

ނަމަވެސް ހަމަ އެ ހަފްލާ އަށް އަބީޝެކް ވެސް ވަނީ ގޮސްފައިއެވެ. އެހަފްލާގައި އަބީޝެކް ބައިވެރިވީ އޭނާގެ އާއިލާ އާއި އެކުގައިއެވެ. އެގޮތުން އޭނާގެ ބައްޕަ އަމިތާބް އާއި މަންމަ ޖާޔާ އާއި ދައްތަ ޝްވޭތާ ގެ އިތުރުން ޝްވޭތާގެ ކުދިންނާއި އެކުގައި ހުއްޓީ ވަނީ އަބިޝޭކް މީޑިއާއަށް ފޮޓޯ ނެގުމަށް ފުރުސަތު ދީފައިއެވެ.

 

View this post on Instagram

 

A post shared by Pallav Paliwal (@pallav_paliwal)

ވަކި ވަކިން މި ޕާޓީ އަށް ދެމީހުން ދިއުމުން ގިނަ ބައެއްގެ ގޮތުގައި އުފެދުނު ސުވާލު އިތުރަށް ބޮޑު ކޯށްފައިވާ މި ޕޯސްޓާއި އެކުގައި ވަނީ އެކައިވެނީގައި ސިއްކަ ޖެހިފައިވާ ހުރިހާ އަލާމާތެއް ފެނިފައި ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.