އިޓާލިއަން ސެރިއާގައި ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ޔުވެންޓަސް ބަލިވެއްޖެއެވެ.
މިއީ މި ސީޒަނުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް މެޗަކުން ބަލިވި ފުރަޔަމަ ފަހަރެވެ. ރޭގެ މެޗުގެ ތިން ވަނަ މިނެޓުގައި ފިއޮރެންޓީނާގެ ޑުއާން ވްލަހޮވިޗް އެ ޓީމަށް ކުރި ހޯދައިދިނެވެ. މިމެޗުގެ 18 ވަނަ މިނިޓުގައި ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އަށް ރަތްކާޑެއް ދެއްކުމުގާއި ގުޅިގެން މެދުގެ ބޮޑުބައި ކުޅެން ޖެހުނީ އެއް ކުޅންތެރިޔަކު މަދުކޮށެެވެ.
ފިއޮރެންޓީނާގެ ފަރާތުން ގިނަ އެޓޭކްތަކެރއް ފެނިގެން ދިޔަ މި މެޗުގެ ދެ ވަނަ ގޯލަކީ އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފިއޮރެންޓީނާގެ ތިން ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ މާޓިން ސަސެރެސް އެވެ.
ޔުވެންޓަސް މިހާތު އޮތީ 24 ޕޮއިންޓާ އެކު ތާވަލިގެ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ އޭސީ މިލާނެވެ.
ކޮމެންޓު ފޮނުވާ