މެމްބަރުންގެ ދައުރު ލިމިޓް ކުރަންވެސް، މުސާރައާއި އިނާޔަތް ކުޑަކުރަންވެސް ގާސިމް ދެކޮޅު

މެމްބަރުންގެ ދައުރު ލިމިޓް ކުރަންވެސް، މުސާރައާއި އިނާޔަތް ކުޑަކުރަންވެސް ގާސިމް ދެކޮޅު

Author
ޙަސަން މުޙައްމަދު
02 ޖުލައި 2024 12:40
0

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދައުރު ލިމިޓް ކުރަންވެސް، އަދި މުސާރައާއި އިނާޔަތް ކުޑަކުރަންވެސް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ދެކޮޅު ހައްދަވައިފިއެވެ.

މަޖިލިސް މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާތީ އެކަމާި ގުޅޭގޮތުން މެމްބަރުން ދެކޭގޮތް މަޖިލިހަށް ހުށެހެޅި ފަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރުވަމުންދާގޮތަށް އޮތުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށާއި، އެކަން އިސްލާހު ކުރުމަށް 19 މަޖިލިހުގައި ހުށަހެޅުނު ގަރާރަށް އޭރުގެ ސުޕަރ މެޖޯރިޓީން ތާއީދު ނުކުރީ ކަމަށެވެ.

އަދި ގާސިމްވަނީ މެމްބަރުންގެ މުސާރައާއި އިނާޔަތް ކުޑަކުރުމަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.

މިއަދުގެ ސަރުކާރުން ވަރަށް ރަނގަޅު ވިސްނުންފުޅެއްގައި މިކަން ހުށަހެޅި ކަމަށް ގަބޫލުކުރަނީ. އޭގެ އަދަދާއި ގުޅޭގޮތުން ބަހުސް ކުރުމުގެ ފުރުސަތު އެބައޮތް. މަޖިލީހުގެ މެންބަރުންނަށް ދެ ދައުރު އޮތުމަކީ ދުނުޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން. އަދި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ވެސް ނުފެންނަ ކަމަށް ދަންނަވަން.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިވިން އެލަވެންސްއެއްގެ ގޮތުގައ ލިބޭ 20،000 ރުފިޔާއިން ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށާއި، އެހެންނަމަވެސް އެއިނާޔަތާއި މުސާރަ ދެމުންދަނީ ޔުނިޓަރީ ދައުލަތެއްގައި އޮންނަ އެންމެ ރަނގަޅު ގޮތުގައި ކަމަށެވެ. އަދި ފެޑެރަލް ދައުލަތެއްގައި ކުރާގޮތަށް ރާއްޖޭގެ ކަންކަން ނުކުރެވޭނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހައްގު ގޮތުގައި އެހެން ގޮތަކުން ލާރިއެއް ލިބޭނެ ބައެއް ނޫންކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ދައުލަތްތައްކުގެ އިދާރާތަކާއި އެތަންތަނުންގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ ލިބޭނެ ބައެއް ނޫން ކަމަށެބެ. އެގޮތުން ހަތަރު ފަސް ދައުރު އަދާކުރިޔަސް މަޖިލީހަށް ކުރިމަތިލުމަަށް ލިމިޓެއް އެއްވެސް ގައުމެއްގައި އޮތް ތަނެއް ނުފެނޭކަމަށް ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހައްގު ގޮތުގައި އެހެން ގޮތަކުން ލާރިއެއް ލިބޭނެ ބައެއް ނޫން. ދައުލަތްތައްކުގެ އިދާރާތަކާއި އެތަންތަނުންގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ ލިބޭނެ ބައެއް ނޫން. އަދި ހަތަރު ފަސް ދައުރު އަދާކުރިޔަސް މަޖިލީހަށް ކުރިމަތިލުމަަށް ލިމިޓެއް އެއްވެސް ގައުމެއްގައި އޮތް ތަނެއް ނުފެނޭ.

ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.