ކުރީ ސަރުކާރުތަކުން ހަދާފައިވާ ގޯސްތަކާއި، މައްސަލަތައް ދެއްކުމުގެ ބަދަލުގައި މަސްވެރިންނަސް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.އިޔާޒު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ އަށް ގޮވާލައްވައިފިއެވެ.
ކުރީގެ ސަރުކާރުތަކުން މިފްކޯ ތަރައްގީކުރިނަމަ އުތުރުގެ މަސްވެރިން މިއަދު ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުކުރަން ނެޖެހޭނެ ކަމަށް ވިދާޅުވެ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ފައުޒީ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިޔާޒު ވިދާޅުވީ މިސަރުކާރު ވެރިކަމަށް ގެނައީ ކުރީގެ ވެރިކަން ތަކުގައި ނުބައިކޮށް، ކޮށްފައިވާ ކަންކަން ރަނގޅު ކުރުމަށްކަމަށެވެ. މިއަދު ކުރީ ސަރުކާރުތަކުގެ ވަހަކަތައް ދައްކައި ހުރި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ނުކޮށް ތުބުމަކީ ބަހަނާއެއް ނޫންކަމަށް އިޔާޒު ވިދާޅުވިއެވެ.
ކުރީ ސަރުކާރުތަކުން ނުބައިކޮށް ހުރި ކަންތައްތައް ރަނގަޅުކުރަން މި ސަރުކާރު ގެނައީ. ވީމަ ކުރީ ސަރުކާރު ތަކުގެ ވާހަކަ ނުދައްކައި މައްސަލައިގެ ހައްލެއް ހޯއްދަވައި ދެއްވާ. އިޔާޒު ވިދާޅުވިއެވެ.
– އިޔާޒު ވިދާޅުވިއެވެ.
އަންގާރަ ދުވަހު ގިނަ އަދަދެއްގެ މަސްވެރިން ފެލިވަރުގައި އިހުތިޖާޖުކުރުމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފައުޒީ ވިދާޅުވީ މިފްކޯގެ ވަސީލަތްތަކަށް ބަލާއިރު، ފެލިވަރުގައި މަސްކިރުމުގެ އިންތިޒާމުތައް ދަށް ކަމަށާއި، ތަރައްގީއަށް ބަލާއިރު އެންމެ އެކަށީގެންވާ މަސް ފްރީޒް ކުރުމާއި، ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ފެލިވަރުގައި ނެތް ކަމަށެވެ. ކުރީ ސަރުކާރުތަކުން ފެލިވަރު ތަރައްގީކުރިނަމަ މިއަދު އުތުރުގެ މަސްވެރިން ފާޅުކުރަމުންދާ ޝުއޫރުތައް ފާޅުނުކުރާނެކަން ފާހަގަކުރައްވާ ފައުޒީ ވަނީ މި ސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ތަނަކީ ފެލިވަރު ކަމަށް ވިދާޅުވެފައެވެ.
އިއްޔެ އެއްވި މަސްވެރިންވަނީ މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި، މަސްވެރިންނަށް ހަމަ އަގު ދިނުމަށް ގޮވާލާފައެވެ. އަދި މިއަދު މަސްވެރިން އުޅެމުންދާ ހާލަކީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްވުރެވެސް ދަތިހާލެއްކަމަށް މަސްވެރިވެރިން ވަނީ ބުނެފައެވެ. މަސްވެރިން އެތައް ގަނޑިއިރުތަކެއް ވަންދެން ކުރި ކުރި އިހުތިޖާޖުތަކުގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރ ޒަހާއަށާއި، މިފްކޯގެ ވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.
ކޮމެންޓު ފޮނުވާ