ކޮށްފައިވަނީ އަބުރުކަތިލައި، ސިޔާސީ ތުޙުމަތުތަކެއް، ސާބިތުކަމާއެކު ކުރިމަތިލާނަން: ޝަޒައިލް

ކޮށްފައިވަނީ އަބުރުކަތިލައި، ސިޔާސީ ތުޙުމަތުތަކެއް، ސާބިތުކަމާއެކު ކުރިމަތިލާނަން: ޝަޒައިލް

ގުޅުންހުރި

ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޝަނުގައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ކޮށްފައިވަނީ ސިޔާސީ ތުހުމަތު ތަކެއް ކަމަށާއި އެކަންކަމާ ސާބިތު ކަމާއެކު ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގުކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާއިރު އިތުރު 3 މައްސަލައެއް ތަހުގީގް ކުރަމުންދާކަމަށް އޭސީސީން ވަނީ ބުނެފައެވެ. މި ކަންކަމަށް ރައްދުދެއްވާ ޝަޒައިލް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން، ސިޔާސީ ތުހުމަތެއް ގޮތަށް މަނީލޯންޑަރިންގެ ތުހުމަތެއް ބޮލުގައެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ ކަމަށާއި، ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރުކަތިލަން ކުރެވުނު ތުޙުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ މިޑިޔާ އޮފިޝަލް ވިދާޅުވީ ޝަޒައިލްއާއި ގުޅޭގޮތުން އޭސީއަށް ހުށަހެޅުނު ކޮރަޕްޝަންގެ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަކަމަށެވެ. ނަމަވެސް އެމައްސަލަ ބެލިއިރު، ފާހަގަކުރެވުނު ހަތަރު ކަމެއް ވަކިން ނަގައި އެކަންކަން ބެލިއިރު، މަނީ ލޯންޑަރިންގެ މައްސަލައަކާއި، ކޮރަޕްޝަނަށް މަގުފަހިވާ އިތުރު ތިން މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. މިމައްސަލަ ތަކުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގް ކުރުމަށް ފުލުހަށް ފޮނުވާފައިވާއިރު، އަނެއް ތިން މައްސަލަ އޭސީސީން ތަހުގީގް ކުރަމުންދާކަމަށް އޭސީސީގެ މިޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ޝަޒައިލްގެ މައްސަލަތަކުގެ ތެރެއިން އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލަތައް:

– ފައިސާގެ މުއާމަލާތް ހިންގުމުގައި އޮޅުވާލި 1 މައްސަލަ
– މުވައްޒިފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަމަލުކުރި 1 މައްސަލަ
– މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ 1 މައްސަލަ

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އައީ މި ސަރުކާރުގައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ގާއިމް ކޮށްފައިވާ "ވިސްލްބްލޯ ޕޯޓަލް" އަށް ހުށަހެޅި މައްސަލައަކާ ގުޅިގެނެވެ. އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކުރިއެވެ. އެއީ އޮކްޓޯބަރު 16، 2019 ގައެވެ. އެ ދުވަހުން ފެށިގެން ޝަޒައިލް އަދިވެސް ސަސްޕެންޝަންގައި ހުންނެވިއިރު އޭނާ އަދި މަގާމުން ވަކިކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!
ފަހުގެ