ސިހުރާއި ގުޅުންހުރި މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރު ކޮށްފި

ސިހުރާއި ގުޅުންހުރި މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ހައްޔަރު ކޮށްފި

ގުޅުންހުރި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމްގައި ހުންނެވި ފަތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝަމްނާޒްއާއެކު އިތުރު 2 މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި 3 މީހުންވެސް 7 ދުވަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝަމްނާޒްގެ މައްޗަށް ކުރެވެނީ ސިހުރު ހެދިކަމުގެ ތުހުމަތެވެ.

ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން ޝަމްނާޒް އަދާކުރެއްވީ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމުގެ ކުރިން ޝަމްނާޒް ހުންނެވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ