ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބޯފަޅާލައިފި

ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބޯފަޅާލައިފި

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 07:37
0

މާލޭގެ ފިހާރައެއްގައި އިން މީހަކަށް މިއަދު ހަވީރު ހަމަލާދީ އޭނާގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ ނިކަގަސްމަގުގައި ހުރި ފިހާރައަކަށް ވަދެ އެފިހާރައިގައި އިން ބިދޭސީއަކަށް ހަމަލާދީ ބޯފަޅާލާފައިވާ މައްސަލައެއް މިއަދު 17:50 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަނިޔާ ލިބުނު ބިދޭސީމީހާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި މިހާރު ހައްޔަރު ކޮށްފައެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.