އެމްޑީޕީ އަދިވެސް އެނބުރެންވީ ބަރުލަމާނީ ވެރިކަމުގެ މިސްރާބަށް: ނަޝީދު

އެމްޑީޕީ އަދިވެސް އެނބުރެންވީ ބަރުލަމާނީ ވެރިކަމުގެ މިސްރާބަށް: ނަޝީދު

Author
ޙަސަން މުޙައްމަދު
26 ޖޫން 2024 12:01
0

އިދިކޮޅު އެމްޑީޕީ އަދިވެސް އެނބުރެންވީ ބަރުލަމާނީ ވެރިކަމުގެ މިސްރާބަށް ކަމުގައި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެކްސް ޕޯސްޓުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ ރައްޔިތުންނަށް ފައިދާހުރި ވެރިކަމެއް ހިންގޭނީ ބަރުލަމާނީ (މަޖިލީހުގެ ވެރިކަމުގެ) ނިޒާމަކުންކަމަށް ދެކޭ ދެކުން ކަމުގައެވެ.

އަދި އެ ޕާޓީގެ އޮނިގަޑު ރޭވިފައިވަނީ އެ ހަމައަށް ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ އެޕާޓީ އަދިވެސް އެނބުރެންވީ އެ މިސްރާބަށް ކަމުގައެވެ.

ނަޝީދު ވަނީ ރައީސް ސާލިހުގެ ވެރިކަމުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު، އެޕާޓީ ދޫކޮށް ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެހެންނަމަވެސް އެޕާޓީއަށް ރިޔާސީ އިންތިޚާބުގައި އެންމެ 15،000 ވަރަކަށް ވޯޓު ލިބުނުއިރު ފާއިތުވި މަޖިލިސް އިންތިޚާބުގައި ލިބުނީ އެންމެ %2 ވޯޓެވެ. އަދި އެ ޕާޓީއަށް މަޖިލިހުގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.