މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 03:31
0

ހުޅުމާލެ ޕޮލިސް އިން  ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ  އއ. މަތިވެރި /  ހަނދުވަރީގެ، ޢަބްދުﷲ ޖަމީލް (29އ) ހޯދަން އިއުލާން ކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކަމަށެވެ.

މީނާ ހާޒިރު ކުރުމަށް ފުލުހުން ބަލަމުންދާ މައްސަލައަކީ 2020 ނޮވެމްބަރު 17 ވަނަ ދުވަހުގެ ވަގުތެއްގައި ތިން މީހަކު ބައިވެރިވެގެން އަސްލަށް ބަދަލުގެނެސް ހަދާފައިވާ ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސައްހަނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ސިނގިރޭޓް ކާރޓޫންތަކެއް ގެންދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމިހާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 14:00 އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.