ޓްރާސްޕޯޓުގެ އެއްވެސް ވައްކަމެއް ނުބެލުނު، ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ: އުޝާމް

ޓްރާސްޕޯޓުގެ އެއްވެސް ވައްކަމެއް ނުބެލުނު، ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 02:28
0

ޓްރާސްޕޮޓް މިނިސްޓްރީއަށް މީގެ ކުރިންވެސް ގިނަ ވައްކަމުގެ ތުހުމަތު ކުރެވި އެކަންކަން ނުބެލިފައި ވަނިކޮށް އަނެއްކާވެސް އިތުރު މައްސަލަތަކެއް ފެންމަތުވުމަކީ ސަރުކާރު ކޮރަޕްޝަނަށްދޭ އަހައްމިޔަތާއިމެދު ސުވާލު އުފެދޭ ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ތަކަކަށް އަނެއްކާވެސް ކުރެވި، އެމައްސަލަ ބަލަން ފެށުމާއި ގުޅިގެން އުޝާމް ވިދާޅުވީ މީގެ ކުރިންވެސް ކުރީގެ ޓުވަރިމް މިނިސްޓްރާ އަލީ ވަހީދާއި ގުޅޭގޮތުން ލީކުވި އޯޑިޔޯތަކުގައިވެސް ޓްރާސްޕޯޓް މިނިސްޓްރީގައި ވައްކަން ކޮށްފައިވާކަމަށް ހާމަވުމުންވެސް އެކަން ބަލާފައި ނުވާކަމަށެވެ. އަދި މިއަދު އަނެއްކާ އިތުރު މައްސަލައެއް ފެންމަތިވެފައިވާއިރު އެކަންވެސް ބެލިދާނެތޯ އުޝާމް ވަނީ ސުވާލު އުފައްދާފައެވެ.

ކުރީގެ ވަޒީރު އަލީ ވަހީދުގެ ލީކްވި އޯޑިއޯތަކުގަ ބުނާ ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިންގި ވައްކަމުގެ މައްސަލަ ނުބެލުނު. ބާ ބަސްތަކެއް ގެނެސްގެން ވައްކަންކޮށްފި. މިއަދު އަނެއްކާ އިތުރު ވައްކަމެއްގެ ވާހަކަ. އެޅުނު އެއްވެސް ފިޔަވަޅެއްނެތް. ޒީރޯ ޓޮލަރަންސްގެ މާނަ އޮޅިއްޖެ.

– އުޝާމް ވިދާޅުވިއެވެ.

ޓުވަރިޒަމް މިނިސްޓަރުގެ މަޤާމުގައި އަލީ ވަހީދު ހުންނަވަނިކޮށް ލީކުވި އޯޑިޔޯ އެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު ވިދާޅުވަނީ ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގަތުމުގެ ތެރޭގައި، އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލްއާ ހެދި ހުރަސް އެޅޭ ކަމަށެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓެ) ގެ އެހީގައި އެކަން ނިމިފައިވާ ކަމަށް، އޭނާ ވަނީ ވިދާޅުވެފައެވެ. މި އޯޑިއާގައި ދައްކާ ވާހަކަ މައްސަލައެއްގެ ގޮތުގައި ބެލެވެނީ އަސްހަދުމެންނަށް 800،000ރ ލިބިއްޖެ ކަމަށް ވިދާޅުވުމުންނެވެ.

ޓްރާސްޕޯޓް މިނިސްޓްރީގައި ކޮރަޕްޝަންގެ ގިނަ މައްސަަތަކެއް ހިނގަމުންދާއިރު، މިކަންކަން ނެބުލި ލަސްވާ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.