47 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކޮށްދެއްވި ޒަކީ އަވަހާރަ ވެއްޖެ

47 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކޮށްދެއްވި ޒަކީ އަވަހާރަ ވެއްޖެ

ގުޅުންހުރި

ދިވެހި ދައުލަތަށް ގިނަ އަހަރުތަކަކަށް ހިދުމަތް ކޮށްދެއްވި މުހައްމަދު ޒަކީ އަވަހާރަ ވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ޒަކީ އަވަހާރަވެފައިވާއިރު، މަރުހޫމްއަކީ ދިވެހި ދައުލަތަށް 47 އަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އެކަމުގެ އަގު ދައުލަތުން ވަޒަން ކުރައްވާ އިނާމު ދެއްވަވާފައިވާ ހިދުމަތްތެރިއެކެވެ. އޭނާ އަވަހާރަވީ އިރު އުމުރަކީ 68 އަހަރެވެ.

މުހައްމަދު ޒަކީ ނިޔާވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވަވާފައެވެ.

ޒަކީގެ މައްޗަށް ކަށު ނަމާދު ކުރަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

މުހައްމަދު ޒަކީ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1973 ވަނަ އަހަރުގެ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. އުމުރުން 65 އަހަރު ވެގެން ޒަކީ ރިޓަޔާ ކުރެއްވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭރު އޭނާ ހުންނެވީ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ