މަސްވެރިން ޑިމާންޑު ކުރަނީ ރައީސް ޞާލިހާއި ބައްދަލުކުރަން

މަސްވެރިން ޑިމާންޑު ކުރަނީ ރައީސް ޞާލިހާއި ބައްދަލުކުރަން

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 11:15
0

ފެލިވައރުގައި މިއަދު މަސްވެރިން ކުރަމުންދާ އިޚުތިޖާޖުގައި މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް ޞާލިހާއި ބައްދަލު ކުރުން ކަމުގައި އިހުތިޖާޖު ކުރާ މަސްވެރިން ބުނެފިއެވެ.

ފެލިވަރުގެ ކުރިއަށްދާ އިހުތިޖާޖުތަކުގައި މަސްވެރިން ދަނީ އެމީހުންގެ ޝުޢޫރުފާޅުކޮށް، އަޑުއުފުލަމުންނެވެ. އަދި މިފްކޯގެ ހިންގުމާއި ހަވާލުވެ ތިއްބެވި ވެރިންނާއި ބައްދަލު ކުރުމަށް މަސްވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުންވަނީ ފެލިވަރުގެ ތެރެއަަށް މަސްވެރިންނަށް ނޭރޭނެގެން ޖެޓީގެ މެދާއި ހިސާބުން ޓެޕް ދަމައި ބަންދުކޮށްފައެވެ. މަސްވެރިން ގޮވާލަމުންދަނީ ރައީސް ޞާލިހު އެމީހުންނާއި ބައްދަލުކޮށް، އެމީހުންގެ ޝުޢޫރު އަޑު އަހައި މައްސަލަތަކަށް ހައްލު ގެނައުންކަމަށެވެ.

މަސްވެރިންވަނީ މި އިޚްތިޖާޖުގައި ބާނާ މަހައަށް ހަމަ އަގު ހޯދައި ދިނުމަށް ގޮވާލައި އަޑު އުފުލަމުންނެވެ. އެގޮތުން މިހާރު ބާނާ މަހަށް ހަމަ އަގުނުލިބި ދިރިއުޅުމުގެ ކަންކަން ބެލަހައްޓަން ގެއަށް ގެންދާނެ ފައިސާއެއް ނުލިބޭކަމަށް މަސްވެރިން ދަނީ އަޑު އުފުލަމުންނެވެ. މިއަދު އަޑު އުފުލުމުގައި ބައިވެރިވަމުންދަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ.

ވެހެމުންދާ ބޯވާރޭގައި މަސްވެރިން ކުރާ މި އިޚްތިޖާޖުގައި ގިނަ އަދަދެއްގެ މަސްދޯނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފުލުހުން ވަނީ ރަށަށް ނޭރޭނެހެން ޓޭޕް ދަމައި، މަސްވެރިން ހުއްޓުވާފައެވެ. މަސްވެރިން ދަނީ ދޯނިތަކުގައި ބެނާތައް ދަމައި ޝޫއޫރު ފާޅުކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގުނުދީ މަސްވެރިން އުފުލަމުންދާ ތަކުލީފުތަކަށް ހައްލު ނުގެނެސްދެވޭނަމަ މިނިސްޓަރ ޒަހާ އިސްތިއުފާއަށް މަސްވެރިން ވަނީ ގޮވާލަމުންނެވެ.

މި އިޚްތިޖާޖުތަކުގައި މިހާތަނަށް އަދި ސަރުކާރުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އަދި އިހުތިޖާޖުގެ ބައިވެރިންނާއި ވާހަަކ ދެއްކުމަށްވެސް މަސްވެރިކަމާއި ގުޅުންހުރި އެއްވެސް އިދާރައަކުން މިހާތަނަށް އެސަރަހައްދަށް ގޮސްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.