ފެލިވަރު ފަޅުތެރޭގައި މަސްވެރިން އިހްތިޖާޖު ކުރަން ފަށައިފިއެވެ.
މަސްވެރިންވަނީ މި އިޚްތިޖާޖުގައި ބާނާ މަހައަށް ހަމަ އަގު ހޯދައި ދިނުމަށް ގޮވާލައި އަޑު އުފުލަމުންނެވެ. އެގޮތުން މިހާރު ބާނާ މަހަށް ހަމަ އަގުނުލިބި ދިރިއުޅުމުގެ ކަންކަން ބެލަހައްޓަން ގެއަށް ގެންދާނެ ފައިސާއެއް ނުލިބޭކަމަށް މަސްވެރިން ދަނީ އަޑު އުފުލަމުންނެވެ. މިއަދު އަޑު އުފުލުމުގައި ބައިވެރިވަމުންދަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ.

ވެހެމުންދާ ބޯވާރޭގައި މަސްވެރިން ކުރާ މި އިޚްތިޖާޖުގައި ގިނަ އަދަދެއްގެ މަސްދޯނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ފުލުހުން ވަނީ ރަށަށް ނޭރޭނެހެން ޓޭޕް ދަމައި، މަސްވެރިން ހުއްޓުވާފައެވެ. މަސްވެރިން ދަނީ ދޯނިތަކުގައި ބެނާތައް ދަމައި ޝޫއޫރު ފާޅުކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ހަމަ އަގުނުދީ މަސްވެރިން އުފުލަމުންދާ ތަކުލީފުތަކަށް ހައްލު ނުގެނެސްދެވޭނަމަ މިނިސްޓަރ ޒަހާ އިސްތިއުފާއަށް މަސްވެރިން ވަނީ ގޮވާލަމުންނެވެ.

މަސްވެރިންގެ އިޚުތިޖާޖުތަކާއި ގުޅިގެން ބޮޑު ކަންނެލި ޔޫނިއަން އުފެއްދެވުމުގައި އިސްދައުރެއް އަދާކުރެއްވި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ އެއްނަންބަރު ގޯލް ކީއްޕަރު އިމްރާން މުހައްމަދު ބުނެފައިވަނީ މަސްވެރިން އަޑު އުފުލަމުންދަނީ އެމީހުންނަށް އެނޫން ގޮތެއް މިއަދު ނެތުމުންކަމަށެވެ.
މަސްވެރިން އަޑު އުފުލަނީ ހަމަ ހަޤީޤަތުގަވެސް ކަންބޮޑުވުން އިންތިހާއައް ބޮޑުވީމަ. ބާނާ މަސްކޮޅު ނުކިރި ކިރާ މަސްކޮޅަށް ހަމަ އަގު ނުލިބި މަސްވެރިންނާއި މަސްވެރި އާއިލާތައް ބިކަވަމުންދާކަމީ އެންމެންގެ ލޮލަށް ފެންނަމުންދާ ހަޤީޤަތް.
– އިމްރާން ބުނެފައިވެއެވެ.
ފެލިވަރުގައި މިއަދު ދޮށީގެ މަސްވެރިކަން ކުރާ، މަސްވެރިން އިހުތިޖާޖު ކުރަމުންދާއިރު ބޮޑު ކަންނެލީގެ މަސްވެރިން ދަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު މާލެ ސަރަހައްދުގައި އެބޭފުޅުންގެ ޝުޢޫރުފާޅުކޮށް، މުޒާހަރާކޮށްފައެވެ.
ކޮމެންޓު ފޮނުވާ