މައިމޫނާ ރަނގަޅުވާނީ އެމްޑީޕީގެ އެސްޖީ މަޤާމާއި ހަވާލުވުން: މުއާޒު

މައިމޫނާ ރަނގަޅުވާނީ އެމްޑީޕީގެ އެސްޖީ މަޤާމާއި ހަވާލުވުން: މުއާޒު

Author
މުޙައްމަދު ޝަޒައިމް
22 ޑިސެމްބަރ 2020 09:45
0

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އަމަލުތައް ހުންނެވި ގޮތުން މިހާރު އެންމެ ރަނގަޅުވާނީ ހުސްވެފައިވާ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމާއި ހަވާލުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުތުންކާއި ހިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައި އާންމުކޮށްފައިވާ އުސޫލާއި ގުޅިގެން މުޒާއު ވިދާޅުވީ ކޯވިޑް ހުއްޓުވުމުގެ ނަމުގައި އަމަލު ކުރަމުންދަނީ ވަކި މީހަކަށް ވަކި އުސޫލެއް ހަދައިގެން ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. މިކަން މިގޮތަށް ކުރުމަށްވުރެ މަޤާމުން އިސްތިއުފާ ދެއްވައި ހުސްވެފައިވާ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލްގެ މަޤާމާއި ހަވާލުވުންވެސް މާ ރަނގަޅުވާނެކަމަށް މުއާޒު ވިދާޅުވިއެވެ.

އެޗްޕީއޭގެ މިނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނެރެފައިވާ ވަރަށް ތާކުން ތާކު ނުޖެހޭ އުސޫލެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ގާނޫނީ ޝަހުސަކުން އަމަލުނުކޮށްފިނަމަ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.