އިންޑިއާގައި ބޭއްވުނު އާންމު އިންތިޚާބު މިހާރުވެސް ވެރިކަންކުރާ ޕީޖޭޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެކަމަށް އިގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.
އިންޑިއާގެ މީޑިއާ ޖަމިއްޔާތަކުން އާންމުކުރި މަދުވެގެން ހަތް އެގްޒިޓް ޕޯލްއިން އަންދާޒާކޮށްފައިވާ ގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ކަމަށްވާ ލޮކް ސަބާގެ 543 ގޮނޑީގެ ތެރެއިން ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް 350-380 ގޮނޑި ލިބޭނެ އެވެ. އެގްޒިޓް ޕޯލްތަކާ މެދު ދެކޮޅު ހަދައި، ބީޖޭޕީގެ ހިންދޫ މެޖޯރިޓީ ސަރުކާރު ބަދަލުކުރުމުގެ އުއްމީދުގައި، ގިނަ ސިޔާސީ ޖަމާއަތްތައް ހިމެނޭ އިދިކޮޅު ކޯލިޝަނުން ވަނީ ވޯޓު ގުނާ ދުވަހު އަޣުލަބިއްޔަތު ހޯދާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފައެވެ.
އިންޑިޔާގެ އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކަކީ އެހާ އިތުބާރުކުރެވޭ ނަތީޖާތަކެއް ނޫނެވެ. މީގެ ކުރިން ކޮށްފައިވާ މިފަދަ ސާވޭތަކުން ވެސް އެކި ޕާޓީތަކަށް ލިބޭނެ އަދަދުތައް ދިމާ ނުވާގޮތަށް އަންދާޒާ ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް، މިފަދަ ބައެއް ޕޯލްތައް ފާއިތުވެދިޔަ 10 ނުވަތަ 20 އަހަރުގެ ތެރޭގައި އަންދާާތައް ވަރަށް ރަގަޅަށް ދިމާކޮށްފައިހުރިކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
ހަ ހަފުތާއަށް ދިގުދެމިގެން ދިޔަ އަދި ހޮނިހިރު ދުވަހުގެ ރޭ ނިމުނު ހަތް ފިޔަވަހީގެ ބޮޑު އިންތިހާބުގައި ވޯޓުލުމަށް އިންޑިއާގެ ގާތްގަނޑަކަށް ބިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.
ބައެއް އެގްޒިޓް ޕޯލްތަކުން ލަފާކުރާ ގޮތުގައި މޯދީގެ ޕާޓީއަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވާ އިންޑިއާގެ ވާތު ފިޔަ އެންމެ ފަހު ބާރު ކަމަށްވާ ކެރެލާގެ ދެތިން ގޮނޑި ބީޖޭޕީއަށް ލިބިދާނެ އެވެ. އަދި ޓެމިލް ނާޑޫގެ އެއް ތިން ގޮނޑި ބީޖޭޕީއަށް ކާމިޔާބު ކުރެވިދާނެ އެވެ. މި ތަންތަން ކާމިޔާބު ކުރެވިއްޖެނަމަ، ބީޖޭޕީ އަށް އެތައް ޒަމާނެއް ވަންދެން ކުރިމަތިލާން ޖެހިފައިވާ އިދިކޮޅު ބާރުތަކާއި މިތަންތަނުގައި އެޕާޓީއަށް ފައިތިލަ ހަމަކުރެވޭނެއެވެ.
ކަރްނާޓަކާގެ ގޮނޑިތައް ވެސް ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ދަމަހައްޓާނެ ކަމަށް ބެލެވެއެވެ. 2019 ވަނަ އަހަރު އެ ސްޓޭޓުގެ 28 ގޮނޑީގެ ތެރެއިން 25 ގޮނޑި ބީޖޭޕީއަށް ވަނީ ލިބިފަ އެވެ. އަދި ޓެލަންގަނާގެ އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި ބީޖޭޕީ ދެމި އޮންނާނެކަމަށް ބެލެވެއެވެ. މި ނަތީޖާތަކަކީ މިދިޔަ އަހަރު ކަރްނާޓަކާ އާއި ތެލަންގާނާގައި، ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި ބީޖޭޕީ ބަލިކޮށް، އިންޑިއާގެ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބޭނެ ވަރަށްބޮޑު ނާކާމިޔާބީއަކަށްވެސް ވެގެންދާނެއެވެ.