ފެނަކައިގެ އެމްޑީގެ އަމަލުތަކާއިހެދި ކުރެވުނު މަސައްކަތުގެ ދެރަ މިއަދު އިޚުސާސް ކުރެވޭ: ސައުދުﷲ

ފެނަކައިގެ އެމްޑީގެ އަމަލުތަކާއިހެދި ކުރެވުނު މަސައްކަތުގެ ދެރަ މިއަދު އިޚުސާސް ކުރެވޭ: ސައުދުﷲ

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 10:23
0

ފެނަކައިގެ މެނޭޖިގ ޑިރެކްޓަރުގެ ޢަމަލުތައް ހުރި ގޮތުން، މިސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ، އެކަމުގެ ދެރަ މިއަދު އިޙްސާސް ކުރެވޭ ކަމުގައި ކުރީގެ ވެރިކަމާއި ދެކޮޅަށް 18 ވަނަ މަޖިލީހުގައި އެންމެ ފުރަމަ އަޑު އަފުލި 12 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ފެނައިކައިގެ އިސްބޭފުޅުންގެ އަގުވައްޓާލައި، ފެނައިކައިން ކޮރަޕްޝަން ހިންގާކަމަށް ތުހުކުރެވޭ މައްސަކަތައް މިޑިޔާތަކުން ގެނެސްދޭތީ އެކަން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނާއި ގުޅިގެން، ފެނަކައިގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޮރަޕްޝަނާއި ދެކޮޅަށް އަޑުއުފުލުން ވަޒީފާއިން ކަޑާލި މީހަކު މިއަދު ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ކުރީގެ މެމްބަރު ސައުދު ވިދާޅުވީ މިއަދު ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން މިސަރުކާރު ގެންނަން މަސައްކަތް ކުރެވުނު މީހަކަށްވީތީ މިއަދު ހިތާމަ ކުރާކަމަށެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވައި ފެނަކައިން ކަޑާލި މުވައްޒިފު ބުނެފައިވަނީ އަމިއްލަ މީހާގެ ސަލާމަތް ހޯދުމަށް މަސައްކަތް ނުކޮށް ކަނޑު އަދިރީގައި އޮތް ތިނަދޫ ރައްޔިތުނަށް ކަރަންޓު ހޯދައިދޭން މަސައްކަތް ކުރެއްވިއްޔާ މާ ރަނގަޅު ވާނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް މިއަދު އޮތް ސަރުކާރުގެ ކޯލިޝަން އުފެދިގެން އައީވެސް، މަޖިލީހުގައި ހިމެނުނު މެމްބަރުންގެ ތެރެއިން ރައީސް ޔާމީނާއި ދެކޮޅަށް އޭރުގެ ސަރުކާރަށް ނިސްބަތްވާ ބާރަ މެމްބަރަން ނިކުމެ ކުރި އިހުތިޖާޖުތަކުގެ ތެރެއިންނެވެ. އެދި އެމަސައްކަތް ވެގެން ގޮސްފައިވަނީ އޭރުގެ ވެރިކަމާއި ދެކޮޅަށް ގިނަަބަޔަކަށް ނިކުންނަށް ހިތްވަރުލިބި ސަރުކާރު ބަލިކަށި ވާން ދިމާވި އެންމެބޮޑު އެއްސަބަބުކަމުގައިވެ. ބާރަ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ޖަލުގައިވެސް އެތައް ދުވަހަކު ބަންދު ކުރެވި ދައުވާވެސް ކޮށްފައިވެއެވެ.

12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރުންގެ ތެރެއިން ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާވެސް މިސަރުކާރު ގެންނަން މަސައްކަތް ކުރެވޭނީތީ ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.