ކޯވިޑް-19: 2،000 އަށްވުރެ ގިނަ ސާމްޕަލުން މިއަދު ޕޮޒިޓިވްވީ 8 މީހުން

ކޯވިޑް-19: 2،000 އަށްވުރެ ގިނަ ސާމްޕަލުން މިއަދު ޕޮޒިޓިވްވީ 8 މީހުން

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 10:01
0

ރާއްޖެއިން އިތުރު  8މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 4 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މިއީ މިއީ މިފަހަށް އައިސް އެންމެ މަދުން މީހުން ޕޮޒިޓިވްވި ދުވަހެއެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،501 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ34 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،929 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 517 އަށް ތިރިވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،613 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 291،924 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުން ޢަދަދު ރައްޖޭގައި ދަށަށްދާންފަށާފައިވާއިރު، އެޗްޕީއޭއިން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކށްވެސް ލުއިތަކެއް ދޭން ފަށާފައެވެ. އެގިން ރެއިން ފެށިގެން މާލޭގައި އިއުލާންކޮށްފައިވާ ކާފިއު އުވާލުމާއި، މާލެ ސަރަހއްދުގައި ކުޅިވަރު މުބާރާތްތަކާއި، ހަފްލާތަކާއި، ޖަލްސާތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.