ބީއެމްއެލްގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ބީއެމްއެލްގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ގުޅުންހުރި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ އާންމު ހިއްސާދާރުން ވަނީ ތިން ބޭފުޅުން އިންތިހާބު ކޮށްފަ އެވެ.

އޭގެތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އެމްއެމްއޭގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވާނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސް ގެ ފަސް ވަނަ މާއްދާގެ (ނ) ގެ އަށެއްގައި ބަޔާންކޮށްފައިވާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ޓާމްގެ މުއްދަތު 21 ޖުލައި 2024 ގައި ހަމަވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެހެންކަމުން އެ ދެ މަގާމު އެ ތާރީހުން ފެށިގެން ހުސްވާނެ އެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރިތިން3 ޑިރެކްޓަރުންގެ ތެރެއިން ހުސްވާ 2 ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް މިއަދުން ފެށިގެން ފެށިގެން 09 ޖޫން ނިޔަލަށް އެ ބޭންކް ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެ ކަަމަށެވެ.

މަގާމަށް އެދި ހުށަހަޅާ ފޯމު އީމެއިލް މެދުވެރިކޮށް ބީއެމްއެލްގެ ސެކްރެޓަރީއަށް އީމެއިލުން ވެސް ފޮނުވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އާންމު ހިއްސާދާރުންގެ ތެރެއިން އުމުރުން 30 – 70 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭގެ އިތުރަށް ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވެސް ފުރިހަމަވާން ޖެހޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ