އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓްރީގެ މުވައްޒަފުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ބާއްވައިފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ރައްޔިތުންނަށް އުނގަންނައި ދެވިފައެވެ.
ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓްރީގެ 19 މުވައްޒަފުން ބައިވެރިވި މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
ކޮމެންޓު ފޮނުވާ