ކުރިޔަށް އޮތް ދެދުވަހު މޫސުން ދާނީ ރަގަޅުވަމުން: މެޓް އޮފީސް

ކުރިޔަށް އޮތް ދެދުވަހު މޫސުން ދާނީ ރަގަޅުވަމުން: މެޓް އޮފީސް

Author
ހުސައިން
25 މެއި 2024 01:16
0

ކުރިޔަށް އޮތް ދެދުވަހު ރާއްޖޭގެ މޫސުން ރަގަޅުވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާ ކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ދެ ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވުނު ނަމަވެސް، ފާއިތުވި ހަފްތާއާ އަޅާބަލާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަގަޅުވާނެކަމަށް ލަފާ ކުރެވެއެވެ.
މެޓް އޮފީހުގެ އޮފިޝަލް ހާމަކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އަދިވެސް ގަދަވާނެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. މާވަށަށެވެ. އެރަށަށް 95 މިލިލީޓަރުގެ ވާރޭ ވެހިފައި ވެއެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ. ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔަވާދޭ ގަޑިތައް، މޫސުން ގޯސްވުމުގެ ސަބަބުން ކުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.