ސައްހަ ނޫންގޮތުގަ މީހުން އެތެރެކުރާ މައްސަލައިގެ ތަހުގީގު ނިމެންދެން ބަންގްލަދޭޝް މީހުންނަށް ކޯޓާ ދޫކުރުން މެދުކަނޑާލައިފި

ސައްހަ ނޫންގޮތުގަ މީހުން އެތެރެކުރާ މައްސަލައިގެ ތަހުގީގު ނިމެންދެން ބަންގްލަދޭޝް މީހުންނަށް ކޯޓާ ދޫކުރުން މެދުކަނޑާލައިފި

Author
ހުސައިން
22 މެއި 2024 12:31
0

ސައްހަ ނޫންގޮތުގަ ރާއްޖެއަށް މީހުން އެތެރެކުރާ މައްސަލަ ހުއްޓުވަން ބަންގްލަދޭޝް މަސައްކަތްތެރިންގެ ކޯޓާ ދޫކުރުން މެދުކަނޑާލައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ސައްހަ ނީން ލިޔެލިޔުންތައް ބޭނުންކޮށްގެ މީހުން އެތެރެކުރާ މައްސަލާގަ އެމިނިސްޓްރިން ތަހުގީގެއް ކުރިޔަށްގެންދާ ކަމަށާއި، ދެން ކޯޓާ ދޫކުރަން ފަށާނީ އެ ތަހުގީގު ނިމުމުން ކަމުގައެވެ. އޭނާ ވިދާޅުވެފައިވަނީ ކޯޓާ ދޫކުރުން ހުއްޓާލިތާ މަހެއްހާ ދުވަސް ވެފައިވާ ކަމުގައެވެ.

އެ ތަހުގީގާ ގުޅުންހުރި އިތުރު ތަފްސީލު އޭނާ ދެއްވާފައެއް ނުވެއެވެ.

ބަންގްލަދޭޝްގެ އަސްކިލްޑު ލޭބަރުން ރާއްޖެ އެތެރެކުރުން 2019ވަނަ އަހަރު އޭރުގެ ސަރުކާރުން ހުއްޓާލީ، ބަންގްލާދޭޝްއަށް ކަނޑައެޅިފައިވާ ބަންގްލަދޭޝްގެ އަސްކިލްޑު ލޭބަރުންގެ ކޯޓާ ހަމަވެފައިވާކަމަށް ބުނެއެވެ. އެ ސަރުކާރުންވެސް ރާއްޖޭގައި ތިބި އެގައުމުގެ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ސަރުކާރު ވެރިކަަމަށް އައިސް އަނެއްކާވެސް ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ރާއްޖެ ގެނައުމުގެ ހުއްދަ އަލުންވަނީ ދޭނެ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.