މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 09:22
0

ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ އެލް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާއިރު، މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ ކުންފުނީގެ އަމާޒުކަމަށެވެ. މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމީ އެރަށުގައި މިހާރު ބޭނުންކުރާ ބަނދަރު ވަރަށް ބޮޑު ހަލާކުވެ، ޒަމާނީ ބަނދަރެއްގެ ބޭނުން އެރަށަށް ޖެހިފައިވާތީއެވެ. އައު ބަނދަރުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 29 ނޮވެމްބަރު 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން 411 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 135 މީޓަރު ރިވެޓްމަންޓް ޖަހާ، 566 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން 2825 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 590 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މަޑުއްވަރީގައި އައު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 68.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.