ލ.އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމައި، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް އެބަދާކަމަށެވެ. މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާކަމަށާއި، އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢު ދަށުން އިސްދޫގައި 160 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރުން 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ފުން ކުރުމާއި، ނެރު ފުންކުރުމާއި، ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ