ބްރޯޑްކޮމް އޮޑިޓް ރިޕޯޓް: ޖޫރިމަނާ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވޭ

ބްރޯޑްކޮމް އޮޑިޓް ރިޕޯޓް: ޖޫރިމަނާ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވޭ

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 09:03
0

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ކޮށްފައިނުވާކަން އޮޓިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ 2019 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގައި ބަޔާންކޮށްފައިވާ ގޮތަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާގެ ގޮތުގައި ކޮމިޝަނަށް ލިބެންޖެހޭ 4,294,920 (ހަތަރު މިލިއަން ދެ ލައްކަ ނުވަދިހަ ހަތަރު ހާސް ނުވަ ސަތޭކަ ވިހި) ރުފިޔާ ހޯދުމަށް، އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ކޮށްފައިނުވާކަން ފާހަގަކޮށްފައިވާއިރު އޭގެ ތަފްސީލުވެސް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.

އެގޮތުން، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 3,204,320 (ތިން މިލިއަން ދެ ލައްކަ ހަތަރު ހާސް ތިން ސަތޭކަ ވިހި) ރުފިޔާ ހޯދުމަށް އެފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހުވެސް ފައިސާ ދައްކާފައި ނުވިނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ވާގޮތަށް ފައިސާ ހޯދުމުގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.

ހަމައެއާއެކު، އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 1,090,600 (އެއް މިލިއަން ނުވަދިހަ ހާސް ހަ ސަތޭކަ) ރުފިޔާ ހޯދުމަށް، 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލިޔުން ފޮނުވާފައިވީނަމަވެސް، އެ މުއްދަތު ފާއިތުވިއިރު ފައިސާ ދައްކާފައި ނުވިނަމަވެސް، ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށް ހަނދާންކޮށްދީ ލިޔުން ފޮނުވާފައިނުވާކަމާއި 28 ފެބްރުވަރީ 2020 އާ ހަމައަށް ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޓިޓް ރިޕޯޓުގައިވަނީ މިކަންކަން އިސްލާހުކޮށް ފައިސާ ދައުލަށް ހޯދުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާނަމަ، ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮޓިރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުން 31 ޑިސެންބަރު 2019 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާޞިލްވާ ގޮތަށް، އެ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.