ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން އިއްޔެ ހެނދުނު ގެއްލުނު ބިދޭސީ މީހާ ކަޔަކް ބޯޓުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދުވަނީ ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ. އެހެންނަމެވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިއްޔެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ އިއްޔެ 15:30 ހާއިރު ކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިއްޔެ ފުލުހުން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ ބިދޭސީ މީހާ މޫދަށް ފޭބި ކަޔަކް ބޯޓު ހިއްސާކޮށްފައެވެ.
"ފޮޓޯއިން އެފެންނަ ކަޔަކް ބޯޓަކީ ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓުން ގެއްލިގެން ހޯދަމުންދާ މީހާ ދަތުރުކުރި ކަޔަކް ބޯޓު،" އެ ޕޯސްޓުގައި ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ