ވިއްސާރަވެ މޫސުން ގޯސްވެ، މ. މަޑުއްވަރި ފަޅުގައި އޮތް ދޯންޏެއް އަޑިއަށް ހިގައްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ އައި ކޮޅިގަނޑެއްގައިކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައި ދިނެވެ.
އެހެންނަމަވެސް ރަށު ކައުންސިލާއި ފުލުހުންގެ އެހީތެެރިކަމާއެކު އެ ދޯނި ފުންކޮށްފައިވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުނެފައި ވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާކުރަމުންދާއިރު، މެޓް އޮފީހުންވަނީ މިއަދު ހެނދުނު ރީނދޫ އެލާޓް ނެރެފައެވެ. އަދި ކޮންމެހެން ކުރާންޖެހޭ ކަނޑު ދަތުރުތައްމެނުވީ ނުކުރުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖެ އެކި ހިސާބުތަކުގައި ދަނީ އެކި ހާދިސާތައް ހިނގަމުންނެވެ.