މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ

Author
ހުސައިން
15 މެއި 2024 01:02
0

މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
‏ސްޣެލްކޯއިން ބުނެފައިވަނީ މިއަދު ހަވީރު 4:00 އިން 4:30 އާ ދެމެދު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލް ސަރަޙައްދުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

އެގޮތުން މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެމިނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.