"މިސްޓަ އެންޑް މިސިޒް މާހީ" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

"މިސްޓަ އެންޑް މިސިޒް މާހީ" ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
16 މެއި 2024 11:23
0

ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ ދެމަފިރިންގެ ގޮތުގައި ކާމިޔާބު ކްރިކެޓް ކުޅުންތެރިންނަށް ވާން ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން ކުރަން މަސައްކަތް ދައްކުވައިދޭ ފިލްމް "މިސްޓަ އެންޑް މިސިޒް މާހީ" މި މަހުގެ 31 ގައި ރިލީޒްކުރަން ތާވަލު ކޮށްފިއެވެ.

މިހާރު ޓްރެއިލާ ވެސް ދައްކައިލައިފައިވާ މި ފިލްމް އަކީ މިދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. ފިލްމްގެ ޕްރޮމޯޝަން ތަށް ބާރު ސްޕީޑުގައި ކުރިއަށް ދާރިުގައި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޑައިރެކްޓަރަކީ ޝަރަން ޝަރުމާ އެވެ. އޭނައާ އަކީ ޖާންވީއާ އެކީ 2020 ގެ ބައޮގްރަފިކަލް ޑްރާނާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޑައިރެކްޓަރެވެ.

މި ފިލްމަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިންގެ ފުރަތަމަ ފިލްމަކީ 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ދަރުމާ އަށް ރާޖް ކުޅުނު ފުރަތަމަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.