ސްޓެލްކޯގެ މާލޭ އިންޖީނުގެ މިއަދު ކުޑަކުދިންނަށް ދައްކާލުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތާއި ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ކުރިޔަށްދާނެ ކަމުގައެވެ.
މި ހަރަކަތް ކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށެވެ.
ސްޓެލްކޯއިން ވަނީ، މިޙަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަށް އެދިފައެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ސްޓެލްކޯއިން ބާއްވާ މި ޙާއްސަ ހަރަކާތުގެ މަގްސަދަކީ ންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު ހޯދައިދިނުންކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ