ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިސްލާމީ ވަޤުފު މަޝްރޫއު ކަމުގައިވާ 260 މިލިއަން ރުފިޔާގެ ވަގުފު ޢިމާރާތެއް މި އަހަރު ހުޅުމާލޭގައި އަޅަން ފަށާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުން ކަމަށެވެ.
މި މަސައްކަތް ފެށުމުގެ ހުރިހާ މަރުހަލާއެއް މިހާރު ނިމިފައިވާ ކަމަށާއި ޢިމާރާތްކުރާ ބިންވެސް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވި އެ ކަމަށް ބޭނުންވާ ހުއްދަތައް ވެސް ނަގާފައިވާ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިހާރު ކުރިއަށް ދަނީ ޢިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް މެދުވެރިކޮށް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާ އެއްކޮށް މަޝްވަރާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޤުފު ޢިމާރާތެއްގެ ގޮތުގައި އަލާ އޮފީސް ކޮމްޕެލެކްސް އަޅަން ހަމަޖެހިފައިވަނީ 20,000 އަކަފޫޓުގެ ބިމެއްގައެވެ.
ކޮމެންޓު ފޮނުވާ