ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ޒިންމާއަށް ހުރަސް އަޅާނަމަ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ޒިންމާއަށް ހުރަސް އަޅާނަމަ ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

އެކިއެކި ހިންހަމަނުޖެހުންތަކާއި ގުޅިގެން، ޑަކުޓަރުންގެ ފޮޓޯ އާއްމުކޮށް އެ ޑަކުޓަރުންގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އެފަދައިން ކުރާ އަމަލުތަކާއި ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްގޮތަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލް މީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ވާހަކަދައްކާކަމަށްބުނެ ނެރުނު ނޫސްބަޔާނެއްގައެވެ.

އައިޖީއެމްއެޗްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި މި ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުޞޫލުތަކާއި އެއްގޮތަށް ކަމަށާއި އަދި ސޯޝަލް މީޑިއާގައި ބަލިމީހެއްގެ ހާލަތާއި ފަރުވާއާ ބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނުނަމަވެސް، ބަލިމީހުންގެ ބަލި ހާލަތާއި ދީފައިވާ ފަރުވާގެ ތަފްޞީލުތަކަކީ އާއްމުކޮށް ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މަޢުލޫމާތުތަކެއް ނޫންކަމަށެވެ. މިގޮތުން މި މައްސަލައިގައިވެސް ބޭސް ދިނުމާއި އަދި ފަރުވާއާ ގުޅުންހުރި ކަންކަން ބަލިމީހާގެ އާއިލާއާ ވަނީ މަސްވަރާ ކުރެވި، ތަފްޞީލުކޮށް ކިޔައިދީފައިކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

“ފަރުވާ ދޭއިރު ހިތްހަމަނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅުނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލިމީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދ ކަމެއް ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުންފިލުވޭނޭ އިންތިޒާމުތަކާއި އަދި އެއަށްފަހުގައިވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމުތައްވެސް މި ހޮސްޕިޓަލުގައި ހަމަޖެހިފައިވާނެ” ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ހިތްހަމަނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ޚިޔާރުކުރުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި، ކަމުގެ ހަގީތަ އޮޅޭގޮތަށް އެ ހާދިސާއަކާ ގުޅުވައި މި ހޮސްޕިޓަލުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުންގެ ފޮޓޯ އާއްމުކޮށް އެފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭފަދަ އަމަލުތައް މި ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު އަދި މިފަދައިން ކުރާ އަމަލުތަކާ ގުޅިގެން ހޮސްޕިޓަލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގައިވެސް ދަންނަވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *