ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ހުއްޓާ ފިލަން މަސައްކަތް ކުރިމީހަކު 4 އަހަރަށް ޖަލަށް

ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ހުއްޓާ ފިލަން މަސައްކަތް ކުރިމީހަކު 4 އަހަރަށް ޖަލަށް

Author
ހުސައިން
07 މެއި 2024 12:07
0

ޖިނާއީ ކުށެއްގެ ތަހުމަތުގައި ވިލިމާލޭޑ ޕޮލިސް ސްޓޭޝަނަށް ހައްޔަރު ކޮށްގެން ހާޒިރުކޮށްފައި ހުއްޓާ ފިލަން މަސައްކަތް ކުރިމީހަކު 4 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލާގައި ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކ. މާލެ، މ. މެކޯނާ، މުހައްމަދު ޝާހީންއެވެ.

ޝާހީން ޖަލަށް ލާން ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު 16:00 ހާއިރު އޭނާ މައްޗަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ވިލިމާލޭ ޕޮލިސްޓޝަނުގެ ރިސެޕޝަން އޭރިއާގައި ބައިންދާފައި އިންދާ އެ ދުވަހުގެ 17:00 ހާއިރު އޭނާ އެތަނުން ފިލާފައިވާ ކަމަށެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ އޭނާ ކުށެއްގެ ތުހުމަތުގައި ޝާހީން ވިލިމާލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކޮށްފައި އިންދާ، އޭނާ ފެންބޮމުންދިޔަ ފެންފުޅިން ފެން ހުސްވުމުން ފެޅިއަށް ފެން އަޅަން އުޅުމަށްފަހު އޭނާ ދުއްވައިގެންފައިވަނީ، އޭނާ ދުއްވައިގަންނަން އުޅޭކަމަށް ހީކޮށް އޭނާ ހިފަހައްޓަން އުޅެނިކޮށް ކަމަށެވެ.

އެހެންނަމަވެސް އޭނާއަށް ދުއްވައިގެން ދެވުނީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާ ދިމާލަށް ކަމަށާއި، ދެވަނަ ފަހަރަށް އޭނާ ހައްޔަރު ކޮށްފައިވަނީ ބިޑި އަޅުވައިގެން ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ޝައްކު ކުރެވުނު ނަމަވެސް އޭނާގެ ޔޫރިން ޓެސްޓު ކޮށްފައި ނުވާކަމުގައެވެ.

ޝާހީން ދައުވާއަށް އިންކާރު ކޮށްފައިވި ނަމަވެސް، އޭނާގެ މައްޗަށް ފުލުހުން ގިނަ ހެކިތަކެއް ހުށަހަޅާފައި ވެއެވެ. ދައުވާއާމެދު ފަހުބަސް ބުނަން ފުރުސަތު ދިނުމުން އޭވަނީ ބުނާނެ އިތުރު އެއްޗެއް ނެތްކަމަށް ބުނެފައެވެ. އަދި އޭނާ އަދަބާއި ގުޅޭގޮތުންވެސް ދައްކާނެ ވާހަކައެއްވެސް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޝާހީން ހަތަރު އަހަރާއި 24 ދުވަހަށް ޖަލަށްލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.