ކުޅިވަރު ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ވަނީ އެކުލަވާލާފަ: ރާފިއު

ކުޅިވަރު ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ވަނީ އެކުލަވާލާފަ: ރާފިއު

ގުޅުންހުރި

ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލެވިފައިވާކަމަށް ކުޅިވަރު މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވީ ފުޓްބޯޅައިގައި މުޅި ދިވެހި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާކަމަށެވެ. އަދި އޭނާ ވިދާޅުވީ ފުޓްބޯޅަ އާއި ރާއްޖޭގެ އެހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕޭލޭނެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލެވިފައިވާކަމަށާއި، އެ ޕްލޭންގެ ދަށުން ދަނޑުތައް ވަކި ފެންވަރަކަށް ގެނައުމުގެ މަސައްކަތްތައް މިހާރު ފެށިފައި ވާކަމަށެވެ.

"ދަނޑުތައް ކޮން ފެންވަރަކަށް ހަދައިގެން ތޯ، ކުޅިވަރުގެ ހަބުތައް ކޮންތަންތާކުތޯ އަޅުގަނޑުމެން ބަހައްޓާނީ؟ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ؟ ކޮން ދިމާއެއްގަ ތޯ އެކަން ހަދާނީ އަދި އިތުރަށް ފުޓްބޯޅަ ކުރިއަރުވަން އެ ޓްރޭނިންތައް [ޑިވެލޮޕްމެންޓް ޕްލޭންތައް] ގެންދާނެ ގޮތުގެ ޕްލޭނެއް މުޅި ރާއްޖެ ހިމެނޭގޮތަށް އަޅުގަނޑުމެން ގެންދާނީ ކިހިނެއްތޯ؟
މިނިސްޓަރ ވިދާޅުވިއެވެ.
ފުޓުބޯޅަ ކުރިއެރުވުމުގެ މަސައްކަތްތަކާއި އަދި ކުޅިވަރު ކުރިއެރުވުމުގެ ޚާއްސަ ޕްލޭނެއް ތަންފީޒު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއިރު، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާ ބޮއްސުންލާ އެޖަމިއްޔާގެ ކޮރަޕްޝަންގެ މައްސަލަތައް މިހާރުވަނީ ކޯޓު މަރުހަލާގައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ