ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފި

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފި

Author
ހުސައިން
05 މެއި 2024 12:05
0

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކުޅުދުއްފުށި ސިޓީގައި ހުވަނި ގިނަވަމުންދާތީ، ހުވަނި އާލާވެފައިވާ ރުއްގަސްތަކަށް ފެން ޖަހައި، ހުވަނި މަދުކުރުމުގެ ހަރަކާތެއް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އެދިލެއްވުގެ މަތިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އިއްޔެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، ހުވަނި ގިނަވެފައިވާ ސަރަހައްދުތަކުގައި ހުރި ރުއްގަސްތަކަށް ސިފައިން ވަނީ ޖުމްލަ 7 ޓަނުގެ ފެން ޖަހާފައެވެ. އަދި އެ ސިޓީގައި ހުވަނި ގިނަވަމުންދާތީ ހުވަނި މަދުކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން ވެސް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.