ހދ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

ހދ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

Author
ހުސައިން
02 މެއި 2024 11:15
0
ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ހދ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ.
މިމަހުގެ 1 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަރިވަރުންނަށް އުނގަންނައި ދެވިފައެވެ.
ހދ.އަތޮޅު އެޑިޔުކޭޝަން ސެންޓަރުގެ 45 ކެޑޭޓުން ބައިވެރިވި މި ސެޝަންގައި ކިޔަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.