ދިފާޢީ ވަޒީރު ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ދިފާޢީ ވަޒީރު ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި

Author
ހުސެއިން
29 އޭޕްރިލް 2024 11:15
0
ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން، ތިލަފުށްޓަށް ވަޑައިގެން ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، އެމްއެންޑީއެފް ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފިއެެވެ.
މި ޒިޔާރަތުގައި، ދިފާޢީ ވަޒީރު ވަނީ  އެމްއެންޑީއެފް ތިލަފުށީ ޕޯސްޓަށް ވަޑައިގެން ތިލަފުށި ފަޔަރ ސްޓޭޝަނަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި ތިލަފުށީގައި މިހާރު މަރާމާތުކުރެވެމުންދާ  ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ދިފާޢީ ވަޒީރު ބައްލަވާލައްވާ މަޢުލޫމާތު އޮޅުއްފިލުއްވާލައްވާފައިވެއެވެ.
މި ޒިޔާރަތުގައި، ދިފާޢީ ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި،މާލޭ އޭރިއާ  ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދާއި، ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމުގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.