ރެސިޕީ 50: ބުލޫބެރީ ލެމަނޭޑް

ރެސިޕީ 50: ބުލޫބެރީ ލެމަނޭޑް

Author
ފާތިމަތު ނާވީ
06 އޭޕްރިލް 2024 11:05
0

ބުލޫ ބެރީ އަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު މޭވާ އެކެވެ. ބެރީ އާއިލާ ގެ މި މޭވާ އަކީ ތަފާތު ފޮނި ކާއެއްޗެހި ތައްޔާރު ކުރުމުގައި ބޭނުން ކުރާ މީރު މޭވާއެކެވެ.

ބޭނުން ވާނެ ތަކެތި:

  • 10 ފްރެޝް ބްލޫބެރީ
  • 1/4 ޖޯޑު ބްލޫބެރީ ޖޫސް
  • 2 ސްލައިސް ލުނބޯ
  • 2 ޖޯޑު އައިސް ފެން
  • 1 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޖަގަކަށް ބުލޫ ބެރީ ކޮޅު އަޅައި ސަމްސަލެއްގެ އެހީގައި ޗިސް ކޮށްލާށެވެ. ދެން ހަކުރު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަހު ބްލޫބެރީ ޖޫސް ކޮޅު އަޅައިލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު ފެންއަޅާށެވެ. ދެން ރަނގަޅަށް ގިރައިލާށެވެ. އެއަށް ފަހު ތައްޓަކަށް އަޅައި ލުނބޯކޮޅު ޖަހާ ގަނޭޝް ކޮށްލުމަށްފަހު ސާވް ކުރާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.