ނަޝީދު އިނގިރޭސި ރަސްގެފާނު ޗާރލްސްއާއި ބައްދަލު ކުރައްވައިފި

ނަޝީދު އިނގިރޭސި ރަސްގެފާނު ޗާރލްސްއާއި ބައްދަލު ކުރައްވައިފި

Author
ހުސެއިން
28 މާރޗް 2024 12:18
0

ކުރީގެ ރައީސް ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސްއާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގެ މައުލޫމާތު އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވިނަމަވެސް، އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ ރަސްގެފާނުގެ ރަސްމީ ގަނޑުވަރު ބަކިންގްހަމް ޕެލެސްގައެވެ. އަދި ނަޝީދު ޗާލްސްއާއި ބައްދަލު ކުރައްވާފައިވަނީ ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކަމަށްވެސް އެނގިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކޮށްފައިވަނީ މުސުމީ ބަދަލުތަކާއި ގުޅޭގޮތުންނެވެ.

"ދަ ސީވިއެފް"ގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ގާނާއިންނެވެ. އަދި އެ ޖަމިއްޔާގެ މި ދައުރުގެ ސެކެޓްރީޖެނެރަލްއަކީ ނަޝީދުއެވެ.

"ދަ ކްލައިމެޓް ވަލްނަރަބްލް ފޯރަމް" (ދަ ސީވީއެފް) ޖަމިއްޔާއަކީ ތިމާވެށީގެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެޖަމިއްޔާއަށް މިހާރު، އެފްރިކާ، އޭޝިއާ، ކެރީބިއަން، ކެޓިން އެމެރިކާ އަދި ފެސިފިކްއަށް ނިސްބަތްވާ 58 ގައުމެއް ނިސްބަތް ވެއެވެ. އަދި ދުނިޔޭގެ 1.4 ބިލިއަން މީހުން އެ ޖަމިއްޔާއިން ތަމްސީލު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.