ރޭސިން ސައިކަލަކުން ޖެހި، ދިވެހި ފިރިހެނަކަށް އަނިޔާވެ، މަރާ ހަނގުރާމަ ކުރަނީ

ރޭސިން ސައިކަލަކުން ޖެހި، ދިވެހި ފިރިހެނަކަށް އަނިޔާވެ، މަރާ ހަނގުރާމަ ކުރަނީ

Author
ހުސެއިން
25 މާރޗް 2024 10:38
0

ހުޅުމާލޭގައި ރޭސިން ސައިކަލެއްގައި ޖެހުނު އުމުރުން 69 އަހަރުގެ ދިވެހިހެނެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ފާއިތުވި ހުކުރު ދުވަހުރޭ އޭނާ އެކްސިޑެންޓް ވެފައިވަނީ، އޭނާ ދިރިއުޅޭ ގެކައިރީގައި ހުންނަ ރަޝީދު މިސްކިތުން ތަރާވީސް ކޮށްގެން ގެއަށް އައި މަގުމަތީގައެވެ.

އެ މީހާގެ އާއިލާ މީހަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ތަރާވިސްކޮށް ނިންމާލުމަށް ފަހު ބައްޕަ ގެޔަށް ވަންނަން އައި މަގުމަތީ ރޭސިން ސައިކަލަކުން ޖެހި (ޖެއްސީ ގަސްތުގައި ކަމުގައި ނުވިޔަސް، ނުރައްކާތެރިކޮށް ދުއްވާނީ ގަސްތުގައި) ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަަމަށެވެ.

އޭނާ ކިޔައިދީފައިވާ ގޮތުގައި މި އެކްސިޑެންޓުވެ ބައްޕަގެ ބޯ ވަނީ 5 އިންޗިއަށްވުރެ ބޮޑުކޮށް ފަޅައިގެން ގޮސްފައެވެ. އަދި ބޮލަށް ލިބުނު އަނިޔާތަކާއެކު ސިކުނޑިއަށް ލޭ އެޅި އޭނާއަށް ދަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އެންމެވެސް ބައްޕައަށް ހެޔޮ ދުޢާކޮށް ދިނުން އެދެން. މި ފުރުސަތުގަ ބައްޕަ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި ފަރާތްކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހޮޔޮ ޖަޒާ ދެއްވާށި. އަދި ކޮއްކޮ އެހީތެރިކަމަށް ގޮވުމުންވެސް މަންޒަރު ބަލަން ތިބި މީހުނަށް ހެޔޮ ވިސްނުން ދެއްވާށި.

އެނާގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.