ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިވަގުތަށް ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެކަން ކުރެވޭނިމަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ، ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ މިހާރުން މިހާރަށްވެސް ބޮޑު ކުރެވޭނީ ރައްޔިތުންގެ މަޖީލީހަށް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތް ކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ކައުންސިލްގެ މުވައްޒަފުންނަށް މުސާރައާ އެލަވަންސްއާ ޕެންޝަނާ އެހެނިހެން އިނާޔަތްތައް ލިބޭނީ ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ކަމަށް ކަމަށެވެ.
ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ، ކައުންސިލްގެ މުވައްޒަފުންނަށް މުސާރައާ އެލަވަންސްއާ ޕެންޝަނާ އެހެނިހެން އިނާޔަތްތައް ލިބޭނީ ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ކަމަށް.
ސަލީމް ވިދާޅުވިއެވެ.
އަދި ސަލީމް ވިދާޅުވެފައިވަނީ ސިވިލް ސާވިސް ގާނޫނުގެ ދަށުން، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި މާލީ އިނާޔަތްތައް ކަނޑައަޅާނީ ފިނޭންންސް މިނިސްޓްރީގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
އެހެންނަމަވެސް، ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ކައުންސިލެއްގެ އިދާރީ މުވައްޒަފަކު ކުރި ސިވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހައްލެއް ހޯދޭނި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އެކަންކަމަށް މަޖިލިހުގެ ތެރެއިން މަސައްކަތްކޮށްގެން ހައްލެއް ގެނެވޭނީ.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުްނސިލްތަކުގެ އިދާރީ މުވައްޒަފުން އެންމެ ދަންފަންތީގައި ހިމެނި އެމުވައްޒަފުންގެ މުސާރަ އާދަޔާ ޚިލާފަށް ކުޑަވެފައި ވުމަކީ ވަަރަށް ބޮޑު މައްސަލައެއް ކަމުގައެވެ.
ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެކަމަކު އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ.
ރައީސް ވިދާޅުވިއެވެ.