ޕީޕީއެމްގެ ފިކުރު މިވަގުތު އޮތީ ޕީއެންސީގައި، މިވަގުތު އެ ފިކުރުގެ ލީޑަރަކީ ރައީސް މުއިއްޒު: އަދުރޭ

ޕީޕީއެމްގެ ފިކުރު މިވަގުތު އޮތީ ޕީއެންސީގައި، މިވަގުތު އެ ފިކުރުގެ ލީޑަރަކީ ރައީސް މުއިއްޒު: އަދުރޭ

Author
ހުސެއިން
25 މާރޗް 2024 09:16
0

ޕީޕީއެމްގެ ފިކުރު މިވަގުތު އޮތީ ޕީއެންސީގައި ކަމަށާއި، މިވަގުތު އެ ފިކުރުގެ ލީޑަރަކީ ރައީސް މުއިއްޒުކަމުގައި އެމަނިކުފާނުގެ އިސް ވަޒީރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބުދުއްރަހީމް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ އެއީ ވަކި މީހެއްގެ މިލްކެއްނޫންކަމަށާއި، އެއީ ގައުމިއްޔަތުގެ ފިކުރު ކަމުގައެވެ. އަދި އަބުދުއްރަހީމް ވިދާޅުވީ އަބަދުވެސް އެ ފިކުރު އޮންނާނީ ގައުމާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބައެއްގެ އަތްމަތީގައި ކަމުގައެވެ.

އަބުދުއްރަހީމް ވިދާޅުވީ މިއަދު އެ ފިކުރު އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށާއި، އެ ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސް ޑރ.މުޢިއްޒު ކަމުގައެވެ.

ޕީޕީއެންގެ ފިކުރު އޮތީ ޕީއެންސީގައި ކަމަށް އަބުދުއްރަހީމް ވިދާޅުވެފައިވާއިރު، ޕީޕީއެމްގައި ކުރި މަސައްކަތް ކުރެވި އިސް ގިނަ ފަރާތްތައް މިވަގުތު ތިބީ ޕީއެންސީގައެވެ. އަދި ޕީޕީއެމް މިއަދު އޮތީ އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވާ ޕާޓީއެއްގެ ގޮތުގައެވެ.

ޕީޕީއެމްގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް ޔާމިންވަނީ ރައީސް މުއިއްޒުއާއި ދެބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު، ޕީއެންއެފްގެ ނަމުގައި ޢާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.